މާރިޗު މަހު ވެސް ބިލު ތައްޔާރުކުރުމުގެ ކަންކަން ކޮށްފައިވާނީ އާންމު އުސޫލުން: ފެނަކަ
މިދިޔަ މާރިޗު މަހު ރީޑިން ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުޞޫލުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާރިޗު މަހުގެ ފެނަކަ ބައެއް ކަސްޓަމަރުންގެ ކަރަންޓް ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށް ބުނެ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އުޞޫލާ ޚިލާފަށް އެއްވެސް ބިލެއް ތައްޔާރުކޮށް ބިލަށް އުނި އިތުރެއް ގެނެސްފައި ނުވ...