ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ޢައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު އަފީފު ހުސެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެންނެވެ.
އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ. އަފީފް ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.
އަފީފަކީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައެވެ. އަދި އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން އޭނާ އަކީ ބެލެންސްޑް ސްކޯކާޑް އަދި ރިސްކް މެނޭޖްމަންޓް ފަދަ ފަންނީ ދާއިރާތަކުން ސަނަދު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ 23 ޑިސެމްބަރު 2024 ގައި އެ މަގާމަށް ޢައްޔަނުކުރި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު 6 އޭޕްރިލް 2026 ގައި މަގާމުން ވަކިކުރުމުންނެވެ.
މި ސަރުކާރުގައި ފެނަކައިގެ އެމްޑީކަމަށް 2023 ވަނަ އަހަރު ނޮވެމްބަރުގައި ފުރަތަމަ އައްޔަނުކުރި އެމްޑީ އަކީ މުއާޒު މުހައްމަދު ރަޝީދެވެ. އޭނާ ވަނީ 23 ޑިސެމްބަރު 2024 ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ މުހިންމު ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!