ށ.ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން، ފޯކައިދޫ ކައުންސިލުންވަނީ ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ 30 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، އެރަށު ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.

Ad
d

ފޯކައިދޫ ކައުންސިލުން ވަނީ އެއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮއްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅެއްކަމުގައި ތުހުމަތުކޮށްފައެވެ.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ފޯކައިދޫ ކައުންސިލުން ވަނީ މި ނޫންވެސް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

މީގެ އިތުރުން ފޯކައިދޫ ކައުންސިލުން މިއަދު ވަނީ ފެނަކައިގެ ވަޒީފާއިން ވަކި ކުރި މީހުންނާއި ބައްދަލުކޮށްފައެވެ.

ޕީސީބީ އާއި ސަރުކާރުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކޮށް ރައިޓް ސައިޒްކުރުމުގެ ބޮޑު އިސްލާހީ މަސައްކަތެއް ފަށާފައިވާކަމަށް ފެނަކައިން ވަނީ ކުރިން ބުނެފައެވެ. މި ބަދަލު ގެންނަން ޖެހުނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މަސައްކަތެއް ނެތް 8،000 އެއްހާ މުވައްޒަފުން ތިބެ، ކުންފުންޏަށް މާލީ ބޮޑެތި ބުރަތަކެއް އުފުލަން ޖެހުމުން، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައިކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރައިޓް ސައިޒްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އަމިއްލައަށް ވަކިވާން ބޭނުންވާ ފަރާތްތަކަށް 4 މަހުގެ މުސާރައިގެ އިނާޔަތެއް ލިބޭ ސްކީމެއް ތައާރަފުކުރުމާއި، އެކި ބްރާންޗުތަކުން މަގާމުތައް އުނިކޮށް މުވައްޒަފުން ވަކިކުރުން ހިމެނެއެވެ. މީގެއިތުރުން ހުރިހާ ވައްތަރެއްގެ ޗުއްޓީ ވަގުތީ ގޮތުން މެދުކަނޑާލުމާއި، ކުށުގެ ރެކޯޑު ސާފުކުރުމުގެ އިތުރުން ރަށްރަށުގެ އާބާދީއަށާއި ކަސްޓަމަރުންގެ ނިސްބަތަށް ބަލައި މުވައްޒަފުންގެ އޮނިގަނޑު އަލުން ވަނީ އެކުލަވާލާފައެވެ.

Ad
df

މި ބަދަލުތަކާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށް، މުޒާހަރާކޮށް ޓްރައިބިއުނަލަށް މައްސަލަތައް ހުށަހަޅަމުންދިޔަ ނަމަވެސް، ސަރުކާރުން ބުނަނީ މިއީ ކުންފުނި ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.