17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް
ރާއްޖޭގެ 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އާލާތް ހޯދުމާ ގުޅޭ “ލެޓަރ އޮފް އެކްސްޗޭންޖު” ގައި ސޮއިކޮށްފައި ވަނީ އިއްޔެ ޞިއްޙަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ...