ޗައިނާގެ ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، އެ އެއާލައިން އިން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް ކަމަށެވެ. އެގޮތުން، މިއަދު އައި ފްލައިޓުގެ އިތުރުން މިމަހުގެ 18 އާއި 22 ގައި ވެސް ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއީ ޗައިނާގެ ފޫޖިއަން ސިޓީއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ. އެ އެއާލައިނުން މިއަދު ވަނީ ރާއްޖެއަށް 238 ފަތުރިވެރިން ޒިޔާރަތް ކޮށްފައެވެ.
ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފެށުމަށް މަސައްކަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝިޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.
މިއަހަރުގެ މިހާތަނަށް ޗައިނާއިން 40،000 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ތިން ލައްކަ އެއްހާ ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!