ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަސް ރަށެއްގައި ގާއިމުކުރި ޑީސެލިނޭޝަން ޕްލާންޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ.
މިއޫ “ޗައިނާ އެއިޑް މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްރޮޖެކްޓް” ގެ ދަށުން ގާއިމުކުރި ޕްލާންޓުތަކެކެވެ. މި ޕްލާންޓުތައް ސަރުކާރާއި ހަވާލުކޮށް އެކަމުގެ ލިޔެކިޔުން ދެގައުމުގެ ސަރުކާރުން ވަނީ މިއަދު ބަދަލުކޮށްފައެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓަރު ޑރ. އަބދުލް މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ލީޒިންގްއެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން ޑީސެލިނޭޝަން ޕްލާންޓް ގާއިމުކޮށްފައިފަނީ ހއ. ކެލާ އާއި ރ. އަލިފުށްޓާއި، ޅ. އޮޅުވެލިފުއްޓާއި، ކ. ކާށިދޫ އަދި ގއ. ދާންދޫގައެވެ. ކެލާ، އަލިފުށި އަދި ދާންދޫގައި ބަހައްޓާފައިވަނީ ދުވާލަކު 200 ޓަނުފެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓެވެ. މި ޕްލާންޓުތަކުގައި 200 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން، ކ. ކާށިދޫގައި ގާއިމުކޮށްފައިވަނީ ދުވާލަކު 200 ޓަނުފެ ފެން އުފެއްދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓުގައި 100 ކިލޯވޮޓްގެ ސޯލާ ޕެނެލް އަދި 100 ކިލޯވޮޓްގެ ވިންޑް ޓާބައިން ވަނީ ހަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!