މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޖޭއެސްސީ

102 Stories filed
ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެ މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް، ޖޭއެސްސީ އަށް މިއަދު ޢައްޔަނު ކުރެއްވީ، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ. އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ރ. އިނގުރައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ، ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރ...

އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި
Thiladhunmathi News

އަލީ އާދަމްގެ މަގާމު ދަށްކޮށް މެޖިސްޓްރޭޓަކަށް ބަދަލުކޮށްފި

ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މަގާމުދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. ޖޭއެސްސީން ވިދާޅުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން އެ ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ގެވެށި އަނިޔ...

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކޮށްފި

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަސްލަމް މި މަޤާމަށް ޢައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. އަސްލަމަށް ހުވައި...

ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި
Raajje

ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި

ހދ. ނޮޅިވަރަމާއި ހަނިމާދޫ އަދި ށ. ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ. ޖޭއެސްސީން އިއްޔެ ވިދާޅުވިގޮތުގައި ހަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޯގަސްޓު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު، އެރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން މިހާރު...

ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމައިފި
Raajje

ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމައިފި

ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގެ ކުރީގެ މެންބަރު، ގާނޫނީވަކީލު އާދަމް ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޮކްޓޯބަރު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ގއ. ގެމަނަފު...

ޒުވާނުންނަށް ހާއްސަ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު'' އަންނަ މަހު
Raajje

ޒުވާނުންނަށް ހާއްސަ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު'' އަންނަ މަހު

ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ”ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ  14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ...

ނޮޅިވަރަންފަރު ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖިނާޢީ މައްސަލަތަކުގެ ތަމްރީނެއް ފުރިހަމަކުރުމަށް އަންގައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖިނާޢީ މައްސަލަތަކުގެ ތަމްރީނެއް ފުރިހަމަކުރުމަށް އަންގައިފި

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖިނާޢީ މައްސަލަތަކުގެ ތަމްރީނެއް ފުރިހަމަކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ. ޖޭއެސްސީން މިކަން ހާމަކުރެއްވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދާއި ގުޅޭ މައްސަލައެއް ބެއްލެވުމަށްފަހު މިއަދުއެވެ. އިސްމެޖިސްޓްރޭޓްގެ މައްސަލަ ތަޙްޤީޤު ކުރެއްވުމަށްފަހު ޖޭއެއްސީން ވިދާޅުވީ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި...

ފަނޑިޔާރު ޝަކީލަށް ރިޓަޔާމެންޓް ދޭން ޖޭއެސްސީން ނިންމައިފި
Raajje

ފަނޑިޔާރު ޝަކީލަށް ރިޓަޔާމެންޓް ދޭން ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާކުރަން ފުރުސަތު ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ. ފަނޑިޔާރު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭނާއަކީ  ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ނުރުހުން އަމާޒުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. އޭނާއަށް ރިޓަޔާމެންޓް ދޭން ޖޭއެސްސީން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގަ […]

ފަނޑިޔާރު ޝަކީލް ރިޓަޔަ ކުރައްވަން ޖޭއެސްސީ އަށް ހުށަހަޅުއްވައިފި
Raajje

ފަނޑިޔާރު ޝަކީލް ރިޓަޔަ ކުރައްވަން ޖޭއެސްސީ އަށް ހުށަހަޅުއްވައިފި

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި އިސް ގާޒީ ކަން ވެސް ކުރެއްވި އަދި ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ބައެއް މައްސަލަތައް ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީ އަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމައެވެ. ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި...

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް
Thiladhunmathi News

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓްގެ އެފަދަ އިތުރު މައްސަލައެއް

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިނުކޮށް އޮއްވާ އެފަދަ އެހެން މައްސަލައެއްގައި އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފި އެވެ. ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވި ނަމަވެސް އެކަމާ މެދު މަޖިލީހުން ގޮތެއް ނުނިންމަ އެވެ. […]

ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލައިފި
Raajje

ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވިދާޅުވެއްޖެއެވެ. އެ ކޯޓަށް ގާޒީ އެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޢިއުލާނަށް ސުން ގަޑި މިމަހުގެ 19ގައި ހަމަވިއިރު 15 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނަކީ: މުހައަމަދު ނިޒާމް، މއ. މޮޑަންކޮމެޓް/މާލެ ނަފީލް މުހައްމަދު، ލަކީ ހޯމު/ގއ. […]

ވަރިވާން ދިޔަ މީހަކަށް ގުޅި މެޖިސްޓްރޭޓަށް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ
Parliament

ވަރިވާން ދިޔަ މީހަކަށް ގުޅި މެޖިސްޓްރޭޓަށް ޖަވާބުދާރީވާން މަޖިލީހުން ފުރުސަތު ދެނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް  ވަކިކުރަން  މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ. އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި, މެސެޖްކުރި މައްސަލައެއްގަ އެވެ. އެ މައްސަލާގައި އޭނާ ހުރީ ސަސްޕެންޑްކޮށްފަ އެވެ.  […]

ގާޟީ އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި
Raajje

ގާޟީ އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ. އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ. ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އާ ގުޅޭގޮތުން ތަހުގީގު ކުރި މައްސަލައިގައި...

ވަރިއަށް އެދި ކޯޓަށްދިޔަ އަންހެނަކަށް ގުޅައި މެސެޖުކުރި އިސްމެޖިސްޓްރޭޓް ވަކިކުރަން ހުށަހަޅަނީ
Raajje

ވަރިއަށް އެދި ކޯޓަށްދިޔަ އަންހެނަކަށް ގުޅައި މެސެޖުކުރި އިސްމެޖިސްޓްރޭޓް ވަކިކުރަން ހުށަހަޅަނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. މި މައްސަލައާއި ގުޅިގެން ޖޭއެސްސީން މިއަދު ފުރަތަމަ ނެރުނު ބަޔާނުގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. ހދ. އިސްމެޖިސްޓްރޭޓް ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް...

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި
Thiladhunmathi News

ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ގާޒީގެ ސަސްޕެންޝަން އިތުރުކޮށްފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލާގައި ސަސްޕެންޑު ކޮށްފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 12 އިން ފެށިގެން އާދަމް އަލީގެ ސަސްޕެންޝަން އިތުރުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި […]