ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ޖޭއެސްސީއިން ކުރި ޢިއުލާނެއްގައި ވި ދާޅުވީ، މި މަޤާމަކީ ހއ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. މި މަޤާމުގެ ޝަރުޠެއްކަމަށް ކަނޑައަޅާފައި ވަނީ ވެސް، މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހއ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމު...