ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިނުކޮށް އޮއްވާ އެފަދަ އެހެން މައްސަލައެއްގައި އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފި އެވެ.
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވި ނަމަވެސް އެކަމާ މެދު މަޖިލީހުން ގޮތެއް ނުނިންމަ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ވަރިވާން ދިޔަ އެހެން މީހަކަށް އެ މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި، މެސެޖްކުރި ކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން އަނެއްކާވެސް ނިންމާފައިވާ ކަމަށެވެ.
ކުރީގެ މައްސަލާގައި އޭނާ ވަކިކުރުމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ނުނިންމާތީ ކަންބޮޑުވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ކުރީގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައި އޮތީ އެ މެޖިސްޓްރޭޓް ވަކިކުރުމުގެ ކުރިން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!