ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށްފަހުއެވެ.

Ad
rt

ޖޭއެސްސީ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އާ ގުޅޭގޮތުން ތަހުގީގު ކުރި މައްސަލައިގައި، ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަހުމަތްތެރިކަން ބާއްވަން ހުށަހަޅާފައިވާކަން ތަހުގީގަށް ހާމަވެފައިވާކަމަށެވެ. އަދި ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހާފައިވާ ކަމަށެވެ.

ވަރިވާން ދިޔަ މީހަކަށް ގުޅި ކުޅުދުއްފުށީ މެޖިސްޓްރޭޓް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި

މީގެ އިތުރުން މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް އަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަހުގީގަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިޢުތިރާފުން ސާބިތުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ހަމައެހެންމެ އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަގުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އަލީ އާދަމްގެ މައްސަލަ ބަލަން ފެށުމާ އެކު މިދިޔަ މެއި 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.