ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހިޔާ ޕްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމިންގެ ޒައާމަތުގައި ނިންމާފައިވާ ގޮތަށް 5600 ރުފިޔާއަށް އިރާދަ ކުރެވިއްޔާ ކުޑަ ކޮށްދޭނަމޭ، ދެން ކޮންމެ ޓަވަރެއްގައި އިރާދަކުރެވިއްޔާ އިތުރު އެއް ލިފްޓް ބަހައްޓައި ދޭނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައި އޮތީ ފްލެޓް ލިބުނު މީހުންނަށް ފަސް ޑިޒައިނެއް ދިނުމަށް ފަހު، އޭގެ ތެރެއިން އެމީހަކު ބޭނުން ޑިޒައިނަކަށް އެޗްޑީސީ މެދުވެރިކޮށް ފިނިޝިން ނިންމައި ދިނުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފުލެޓްތައް ހަވާލުކުރީ ވަރަށް އިހާނެތި ގޮތަކަށް ކަމަށާއި، އޭނާގެ ވެރިކަމެއްގައި ފުލެޓްތަކުގެ ފިނިޝިންނަށް ކުރި ހަރަދު އަނބުރާ ހޯދައިދޭނެކަމަށް ވިދާޅުވިއެވެ.
"މިފެންނަ ހުރިހާ ޓަވަރެއް ތަޅާލަން މި ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ދެން އެކަން ނުކުރެވުނީމަ މިތަން ހަވާލުކުރަން ނިންމީ، ވަރަށް އިހާނެތިކޮށް ތަން ނުނިންމާ ހަވާލުކުރީ" މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ވިނަރެސް ފްލެޓުން މިހާރު ނަގާ ކުލި ކުޑަ ކުރައްވާނެ ކަމަށާއި، ސަރުކާރުގެ ކުންފުނިތަކުން ހަދަފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އިސްމާއިލް މޫސާ
00:16
ޚުލާޞާ
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހިޔާ ޕްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށެވެ. “އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމިންގެ ޒައާމަތުގައި ނިންމާފައިވާ ގޮތަށް 5600 ރުފިޔާއަށް އިރާދަ ކުރެވިއްޔާ ކުޑަ ކޮށްދޭނަމޭ، ދެން ކޮންމެ...
ބައިތައް
ރާއްޖެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!