ޗައިނާއިން އިންޑިއާގެ ހަމަލާ ސިފަކުރީ "ހިތާމަވެރި" ކަމެއްގެ ގޮތުގައި، ގޮވާލީ ސުލްހަވުމަށް
އިންޑިއާ އިން “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި، ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ 9 ސަރަޙައްދަކަށް ރޭ ދިން މިސައިލް ހަމަލާ “ހިތާމަވެރި” ކަމެއްގެ ގޮތުގައި ސިފަކޮށް، ދެފަރާތުންވެސް ހަމަޖެހުމަށް ޗައިނާއިން ގޮވައިލައިފިއެވެ. ޗައިނާގެ ޚާރިޖިއްޔާ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދު ފަތިހު އިންޑިއާއިން ހިންގި ސިފައިންގެ އޮޕަރޭޝަނަކީ ހިތާމަވެރި ކަމެއްކަމުގައި ޗައިނާއިން ދެކޭކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހާލަތާމެދު ކަންބޮޑުވާކަމަށެވެ. “އިންޑިއާއާއި ޕާކިސްތާނަކީ...