ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަގާމަށް ހ. ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ މަގާމަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު މަޖިލީއަށް މިއަދު އިއްވަވާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ.
ނަޖީހާ އަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީއްޔާގައި މަސައްކަތް ކުރައްވަމުންދާ ކަނބަލެކެވެ. އަދި ބޭރުގެ އެކި ގައުމުތަކުގައި ހާރިޖީ ދާއިރާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.
އޭނާ އަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ އިއްޔެއެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ގައުމުތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިގާލީ އޮފީހުން ފާޅު ކުރައްވާފައިިވާއިރު، މިހާލަތުގައި ސަފީރުން އައްޔަން ކުރެއްވުމާއި، ވަޒީފާތަކަށް މީހުން ނެގުމާއި، އައު މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ވެސް އިންތިގާލީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!