ޕާކިސްތާނު މިސްކިތެއްގައި އޮތް ހަތިމެއް ރޯކޮށްލި މީހަކު، އާންމުން ނިކުމެ ގަލުންތަޅާ މަރާލައިފި އެވެ.

މިކަން ހިނގާފައިވަނީ، ޕާކިސްތާނުގެ ކަނެވާލް ޑިސްޓްރިކްޓްގެ ވިލެޖެއްގައި ހުރި މިސްކިތެއްގައެވެ. މަރާލާފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މަންޒަރު ދުށް މިހަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވަނީ، މެދު އުމުރުގެ މީހަކު ހަތިމެއްގެ ގަނޑުތައް އިރާލައި އަލިފާން ރޯކޮށްލުމަށްފަހު އިތުރު ހަތިމްތަކެއް ނެގުމަށް ދިޔުމާއި އެކު މިސްކިތުގައި ތިބި މީހުން އެމީހާ ހުއްޓުވާފަ އެވެ. އަދި މިސްކިތް ކައިރީގައި ތިބި ބަޔަކު އެތަނަށް އެއްވެ އޭނާ ގައިގައި ގަލުން ތަޅައި މަރާލާފައިވާކަމަށް ބުނެފައިވެއެވެ. އެމީހާ މަރާލާފައި ވަނީ ގަހެއްގައި އައްސައިގެން ނެވެ.

ޕާކިސްތާނުގެ އިރުމަތީގެ ވިލެޖެއްގައި ހިނގާފައިވާ މިއަމަލު ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ކުށްވެރިކޮށްފައެވެ. ބޮޑު ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ކަމާއި ބެހޭ ފަރާތްތަކާއި ޤުރުއާންގައި އަލިފާން ރޯ ކުރި މީހާ ހަވާލު ނުކޮށް ޤަނޫންތަކާއި ޚިލާފަށް އޭނާއަށް ރައްޔިތުންގެ ބަޔަކު ނިކުމެ އަދަބުދީފައިވާ މައްސަލަ ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ސްޓޭޓްމަންޓްގައި ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އިތުރަށް ތަހުޤީގްކުރުމަށް މިސްކިތުގައި ހުރި ސީސީޓީވީގެ ފޫޓޭޖްއިން މަންޒަރުތައް ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މަރާލާފައިވާ މީހަގެ އާއިލާއިން ބުނެފައިވަނީ އެމީހާ އަކީ ބުއްދި ހަމަޖެހޭ މީހެއް ނޫން ކަމަށާއި އެމީހާ ދިރިއުޅެމުންދާ ގެއިން ނިކުމެގެން މަގުމަތީގައި އުޅެމުން އަންނަާވެސް ދުވަސްކޮޅެއް ވެފައިވާކަމަށެވެ.

ޕާކިސްތާނު ފުލުހުން ދަނީ މިމައްސަލަ ތަޙްގީގު ކުރަމުންނެވެ. އެމީހާ މަރާލުމުގައި 300 އެއްހާ މީހުން ބައިވެރިވެފައިވާކަމަށާއި މިކަން ހުއްޓުވަން އުޅުނު 3 ފުލުހަކަށްވެސް އެކިވަރުގެ އަނިޔާތައްވަނީ ވެފައެވެ.