ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 100 ދުވަސްތެރޭ ކައުންސިލަށް ބަދަލު ކުރާނަން: މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު...