އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފިއެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
އޭރު މަސައްކަތް ފަށާފައިވަނީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ.
ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެޅި އަމާޒަށް ނިންމާނުލެވުނީ ސަރުކާރުގެ ބައެއް އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، މާދަމާ އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަވަމެސް އެއްބާރުލުން ނުދެއްވީ ކޮން ތަންތާކުންކަމެއް ވިދާޅެއް ނުވެއެވެ.
އަދުރޭ ވިދާޅުވީ ސަރުކާރުގެ ގިނަ އިދާރާތަކުން އެއްބާރުލުން ދިން ކަމަށާއި ކޮމިޓީތަކަށް ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބަލައި ހާއްސަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!