ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު

MP Saeed

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ  ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރުކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު 50 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ސީދާ އަދަދު ނޭނގޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ބަޖެޓް އެކުލަވާލުމުގައި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުން އެކުލަވާލާ މައުލޫމާތުތަކަށް ވެސް ބުރަވާނެއެވެ. އެހެންވީމަ، އަދި ބަޖެޓުގެ އަދަދެއް ދަންނަވަން ދަތި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކޮމިޓީގައި ތިއްބަވާ މެމްބަރުން

1- މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު
2- ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
3- ތ، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން
4- ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
5- ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު
6- ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
7- ކުރީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަން މުހައްމަދު ލުއޭޒް
8- ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު އަބްދުލްހަލީމް އަބްދުއްލަތީފް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި