Skip to main content
Topic Archive

#ސަލާގެ ކޮލަމް

238 Stories filed
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (24)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (24)

ކުރީގެ އަދަދާއިގުޅޭ، ފޯނުން ކަލަންޑަރު ބަލައިލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ. ” އަނެއްކާ އަހަރެން…..؟ ބަނޑުބޮޑީބާ؟ އަދި އަލަށް ޕީރިއަޑް ނުވެ މިދިޔައީ!” ޖުމާއަށް އެހެން ބުނެލެވުމާއެކު އަތުން ފޯނު ދޫވެގެން ދިޔައެވެ. އޭރު އޭނާގެ ހިތް އޮތީ ޝައްކުން ފުނިޖެހިފައެވެ. ” އަހަރެން މިކަން ޔަޤީން ކުރާނީވެސް ކިހިނެއް؟ ” ނިތްމަތީގައި އަތް އަޅާލުމަށްފަހު، ޖުމާއަށް ފާރުގަައި ލެނގިލެވުނެވެ. އެއާއެކު […]

ޕެރެލައިޒްވެ 6 އަހަރު ދުވަސް، މިހާރު އިތުރު ތަކުލީފުތަކެއް، އެހީތެރިކަމަށް ބޭނުންވެފައި
Column

ޕެރެލައިޒްވެ 6 އަހަރު ދުވަސް، މިހާރު އިތުރު ތަކުލީފުތަކެއް، އެހީތެރިކަމަށް ބޭނުންވެފައި

ހދ ކުޅުދުއްފުށީ ކުދިމާގެ މުސްޠަފާ މުޙައްމަދަކީ 2018 ވަނަ އަހަރު ޢިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ވެއްޓި އުނަގަނޑުން ތިރި ޕެރެލަައިޒް ވެފައިވާ ފަރާތެކެވެ. އެކަމުގެ ސަބަބުން މުސްތަފާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ޒުވާން އުމުރު ނުހިނގި ފުރޮޅުލީގޮނޑީގައި އިންނަން ޖެހުނެވެ. 6 އަހަރު ދުވަސް އޭނާ ހޭދަކުރަމުން ދިޔައީ އެ ގޮނޑީގެ އެހީގައެވެ. ” އަޅުގަނޑުމެން މަސައްކަތް ކުރިން ދިވެހިބޭސް ފަރުވާ ކުރެވޭތޯ! މޫދަށް ގެންގޮސްގެންވެސް ފަރުވާ ކުރެވޭތޯ ބެލިން! އެކަމަކު ޔޫރިން ބޭގް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (23)

ކުރީގެ އަދަދާއިގުޅޭ: ” މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް…” އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ” މާހިލް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ދެނެއް ކެތެއް ނުކުރެވޭނެ! ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އަހަރެން ދެން މިތާ އުޅޭކަށްވެސް ބޭނުމެއް ނޫން… ބޭނުމެއް ނޫން” އެނދުގައި އިށީނދެލަމުން ޖުމާއަށް އަމ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (22)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (22)

ކުރީގެ އަދަދާއިގުޅޭ: ” ކިހިނެއްތަ ވީ؟ ” ދޮރުން ނިކުމެ ނިކުމެ ހުއްޓާ، ޖުމާ ޒާރާގާތު ކޮށްލި ސުވާލުގެ އަޑު މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދަތްތައް ފިއްތާލެވުނެވެ. ނަމަވެސް މަޑުކުރެވެން ނެތުމުން އޭނާ ގޮސް އަވަސް އަވަހަށް އެމްބިޔުލާންސަށް އެރިއެވެ. ރުޝްދީގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެންނަން ހުރި ނަމަވެސް އެވަގުތު އޭނާވެސް އިންނާނީ ވަރަށް ހާސްވެފައިކަން މާހިލަށް އެނގުނެވެ. ” ދޮންތާ! ކީއްތަ ވެގެން މިއުޅެނީ؟ ” އެމްބިޔުލާންސް ދުއްވާލުމާއެކު އަނެއްކާވެސް ރީނާ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (21)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (21)

ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލަތައް އަޑުއަހަން އިނދެ ރީނާ ބޯ ޖަހާލިއެވެ. ކޮންމެ ޙާލެއްގައިވެސް މާހިލް ޙާޞިލްކުރަން އެވަގުތު، އޭނާ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. ” ބޭބެ ކިހިނެއް ހަދަން ތިއުޅެނީ؟ ” ރުޝްދީގެ ސިކުނޑީގައި ރާވަމުންދާ ރޭވުންތައް ވަރުގަދަވާނެކަން ރީނާއަށް އެނގޭ ޙާލު އޭނާ ސުވާލު ކުރިއެވެ. ” ބޭބެ ކޮންމެ ކަމެއްވެސް ކުރާނީ ކޮއްކޮއަށް ފައިދާވާގޮތަށް! އެހެންވީމަ މިރޭ 8 ޖަހާއިރަށް ތައްޔާރުވެލާ ބޭބެއާއެކު ބޭރަށް ދާން! އޯކޭ؟ ” ހަރުކަށި އަޑަކުން ރުޝްދީ […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (20)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (20)

ކުރީގެ އަދަދާއިގުޅޭ، ” އެއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! މުއާގެ މަންމަ އެއްޗެކޭ ހީކޮށްފާނެތީދޯ ތި ބިރުގަތީ! މަންމަ އެކަހަލަ ކަންކަމަކާ ނުބެހޭނެޔޭ! ” ޒާރާ މަސައްކަތަށް އެނބުރެމުން ބުންޏެވެ. ނަމަވެސް ޖުމާއާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ ޖުމާ ހުރީ ވަރަށް ލަދުގަނެ ބިރުގަނެފައެވެ. ” އަނެއްކާ އެ ކައުންސިލަރެއްވެސް އަހަރެންގެ ފަހަތަކުން ނުނެއްޓުނެއްނު! ދޮންތަ ހަނދާންވޭތަ އެއްކަލަ ރޭ ޖޫގޯ ބޯން ތިއްބާވެސް އެމީހާއެއްނޫންތަ މާ ވަރަކަށް އަހަންނާ ދިމާލަށް ބެލީ؟ ” […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (19)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން (19)

ކުރީގެ އަދަދާއިގުޅޭ، މާހިލްގެ މޫނުމަތީގައިވެސް އޭރުވަނީ ނުތަނަވަސްކަމެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މާހިލް ސިހިގެން ދިޔައީ އަނެއްކާވެސް އެކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. މިފަހަރު ޖުމާގެ މޫނުމަތީގައިވާ ހާސްކަން އެތައް ގުނަ އަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ. ” ޖުމާ! ” ޓަކީގެ އަޑާއެކު ޒާރާގެ އަޑު އައެވެ. އެހިނދު މާހިލްއާ ދިމާލަށް ޖުމާއަށް ބަލައިލެވުނީ ބިރުގަނެފައި ހުރެއެވެ. ” ޖުމާ! ” އަނެއްކާވެސް ތަންކޮޅެއް ބާރަށް ޒާރާ ގޮވާލި އަޑު އިވުނެވެ. ހަދާނެގޮތް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (18)

ކުރީގެ އަދަދާއިގުޅޭ، ” އޯހް! ފެންފުޅި ހުސްވެފައި…. ” އެނދުކައިރީގައި ހުރި ފުޅި ނެގުމަށްފަހު ފުޅިން ބޮލުގައި ޖަހާލަމުން ޖުމާއަށް ބުނެލެވުނެވެ. ކަންނެތް ގޮަތަކަށް އެނދުން ތެދުވެ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުތީ ފެންފުޅިއެއް ބަލައި ދާށެވެ. ވަގުތަކީ މާހިލަށްވެސް އޭނާގެ ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ސީދާވެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޖުމާ އިސްޖަހާލަމުން ކާގެއާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ހުޅުވާފައި ހުރި ގޭގެ ބޮ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (17)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (17)

” އެ ގެނައިން.. ނުގެނެސް ކޮންތާކަށް ދާނީ؟ ” ވާހަކަ އެހިސާބަށް ދިޔައިރު މާހިލަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ދޮރާށި ހުޅުވާ އެތެރެއަށް ވަނުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭގެ ފާރުގައި ލެނގިލައިގެން ހުރެ ރޮމުންދިޔަ ޖުމާއަށްވެސް މާހިލް ފެނުމާއެކު ތެޅިގަނެވުނީ ނުހަނު އަވަހަށެވެ. އޭރުވެސް މާހިލަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. އަތުގެ ނުފުށުން މޫނު ފުހެލުމަށްފަހު ޖުމާ އަވަސްވެގަތީ ގޭތެރެއަށް ވަންނާށެވެ. ” ޖުމާ! ” ނަމަވެސް އޭނާ އެތެރެއަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (16)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (16)

ކުރީގެ އަދަދާއިގުޅޭ، ” އޭނަ އަދިވެސް ބަލަން އިނީ! އަހަރެން ރީތިވީ ކަންނޭނގެ! އަހަރެން ހަމަ ވަގުވަގަށް ބަލައިލިޔަސް އެބަ ހީލާ! ” ޖުމާ މިފަހަރު ވާހަކަ ދެއްކީ އަނގަމަތީގައި އަތް ޖައްސާލައިގެން ދެތުންފަތް ފޮރުވައިގެން އިނދެއެވެ. ” ދެން ޖުމާ އިނދެބަލަ ނުބަލާ! ” ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ނަމަވެސް ރުޝްދީ އޭނާއަށް ބަލަމުންދާކަން ޖުމާއަށް އެނގެއެވެ. އެހެންކަމުން އޭނާއަށް އިނީ ވަރަށް ބޮޑަށް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (15)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (15)

ކުރީގެ އަދަދާއިގުޅޭ، ރުޝްދީގެ ޖުމްލައިން މާހިލަށް ފުންމައިގެން ތެދުވެވުނެވެ. ވެއްޓެން މިއުޅޭ އަނދަވަޅުގެ ފުންމިނާމެދު އޭނާއަށް ވިސްނާލެވުނީ ދެނެވެ. ދަންވަރު ވަގުތު ރީނާއާ ބައްދަލްކުރަން ހޮސްޕިޓަލަށް ގޮސްފިނަމަ، މާދަމާ އެ ޚަބަރު މަންމައަށް ލިބޭނެކަން މާހިލަށް ޔަޤީން ކުރެވުނެވެ. އެއާއެކު މާހިލަށް ހަދާނެގޮތް ހުސްވިފަދައެވެ. ” މިވަގުތު؟” ” ހޫމް.. ކިހިނެއްވީ؟ ރީނާ ހިތްހަމަ ޖައްސާލަން މާހިލް މިކޮޅަށް އައްޔާ ރަނގަޅުވާނީ!” ރުޝްދީ ބުނެލިއެވެ. އެއާއެކު މާހިލްގެ ސިކުނޑިއަށް ނުހަނު ބަރުހެލިކަން އިޙްސާސް ކުރ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (14)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (14)

ކުރީގެ އަދަދާއިގުޅޭ، ” ދެން ކިހިނެއް ހަދާނީ؟ މަށަކަށް ނޫޅެވޭނެ އޭނައާއެކު!” ” އެކަމަކުވެސް… އަދި މަޑުކުރޭ! ކުއްލިއަކަށް ދުރަށް ދިޔައީމަ ބޮނޑިއެއް ލިބިދާނެ” ހާނިމް ބުނެލިއެވެ. ” މަޑުކުރެވިދާނެ! އެކަމަކު… އޭރުން ރީނާ ތަތްވާވަރު ބޮޑެއްނު ވާނީ! އަހަންނަށް ހީވަނީ މިހާރުދެން ނިންމާލަން ވީހެން” އަނެއްކާވެސް މާހިލް ބުންޏެވެ. ނަމަވެސް ހާނިމް އެކަމާ އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ” އޭރުން އެ ރުޝްދީ ކަލޭ ބޭޒާރު ކޮށްލާނީ ކިހިނެއް ކަމެއްވެސް ނޭނގެ! ރީނާއާ ވައި އެޅެންވެސް […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (13)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (13)

ކުރީގެ އަދަދާއިގުޅޭ، ” ފާތުންއާއެކު ކޮފީއަށް އަންނަ ވާހަކައެއްނު ބޭބެ ގާތު ބުނީ ؟ ” މޭޒާ ދިމާލަށް ހިނގައިގަންނަމުން ބޭބެ ބުނެލީ މާހިލަށް ބަލަހައްޓައިގެން ހުރެއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިކަން މާހިލަށް ފާހަގަ ކުރެވުނެވެ. ހިތްބިރުގަނެފައި އިން މާހިލަށްވެސް ރީނާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. “ރީނާ..ބޭބެއަށް ދޮގުވެސް ހަދަންތަ؟ ” ލަސް ހިނގުމެއްގައި އައިސް ރުޝްދީ ހުއްޓުނީ މޭޒު ކައިރީގައެވެ. އޭރުވެސް ރީނާ އިނީ އިސްޖަހާލައިގެންނެވެ. ” މާހިލަކީ ރީނާގެ ކާކުތަ؟ ” […]

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (12)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (12)

ކުރީގެ އަދަދާއިގުޅޭ، ” ދެން ވައި ފިލުވާލަން އޭނަ ސެޓުކޮށްލަބަލަ! ” ހާނިމް ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ. އެއާއެކު ފުން ވިސްނުމެއްގައި އިނދެ މާހިލް ދުރަށް ބަލައިލިއެވެ. *** ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މާހިލް ހިނގައިގަތީ ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރެންޓާ ދިމާލަށެވެ. ރީނާގެ ދަޢުވަތު ޤަބޫލު ކުރި ނަމަވެސް އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. ހިނގަމުން ދިޔައިރުގައިވެސް ފޯނުން ގޭމް ކުޅުމެއް ނުހުއްޓުނެވެ. ރެސްޓޯރެންޓްގެ ބޭރު ފާރުގައި ލެނގިލައިގެން ހުރެވުނީވެސް ގޭމުގެ އަވައިގަ...

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟(11)
Column

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟(11)

ކުރީގެ އަދަދާއިގުޅޭ، ” ކަންތަކާ ލައިގަތީއޭމި! މީނަ ކައިރި މަޖަލަކަށްވެސް އެއްޗެއް ބުނެވޭކަށް ނޯންނާނެ! ” ރުޅި އައިސް އިނދެ މާހިލް ހާނިމާ ދިމާލަށް ބުނެލިއެވެ. އޭރުވެސް ހާނިމް އިނީ ފާޑަކަށް ހޭށެވެ. ” ބްރޯ! މާބޮޑު ކަމަަކަށް ހަދާނެކަމެއް ނެތޭ! ތި ނަންބަރަށް ގުޅާލަބަލަ!” މާހިލް ދެފަރާތަށް ބޯ ހޫރާލީ އެކަމާ ދެބަސް ވުމުގެ ގޮތުންނެވެ. ނަމަވެސް ހާނިމް އިނީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ދެވަނަ ފަހަރަށްވެސް މާހިލާ ދިމާކުރަން ފެށިއެވެ. ” މަ […]