ހދ ކުޅުދުއްފުށީ ކުދިމާގެ މުސްޠަފާ މުޙައްމަދަކީ 2018 ވަނަ އަހަރު ޢިމާރާތެއްގެ 4 ވަނަ ފަންގިފިލާއިން ވެއްޓި އުނަގަނޑުން ތިރި ޕެރެލަައިޒް ވެފައިވާ ފަރާތެކެވެ.
އެކަމުގެ ސަބަބުން މުސްތަފާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ޒުވާން އުމުރު ނުހިނގި ފުރޮޅުލީގޮނޑީގައި އިންނަން ޖެހުނެވެ. 6 އަހަރު ދުވަސް އޭނާ ހޭދަކުރަމުން ދިޔައީ އެ ގޮނޑީގެ އެހީގައެވެ.
" އަޅުގަނޑުމެން މަސައްކަތް ކުރިން ދިވެހިބޭސް ފަރުވާ ކުރެވޭތޯ! މޫދަށް ގެންގޮސްގެންވެސް ފަރުވާ ކުރެވޭތޯ ބެލިން! އެކަމަކު ޔޫރިން ބޭގް ގުޅާފައި ހުރުމުގެ ސަބަބުން އެފަދަ ފަރުވާތަކެއް ދޭން ދަތިތަކެއް ކުރިމަތިވޭ! " މުސްތަފާގެ ދައްތަ، ތަސްލީމާ މުޙައްމަދު ބުންޏެވެ.
ވޭނާއި އުނދަގުލުގައި އެހާ ގިނަދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް، މުސްތަފާއަށް މިވަނީ އިތުރު ތަކުލީފުތަކެއް ކުރިމަތިވެފައެވެ. އޭނާގެ ކިޑްނީގެ ބޭރުގައްޔާއި ޔޫރިންގ ބްލޭޑަރގައި ހިލަ އުފެދިފައި ހުރުމުގެ ސަބަބުން ޑޮކްޓަރ ލަފާދީފައިވަނީ އޮޕަރޭޝަން ކުރުމަށެވެ.
ރާއްޖެއިން މި އޮޕަރޭޝަން ކުރެވެން ނެތުމާއެކު އިންޑިއާގެ ޖީޖީ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރުމަށް މިހާރުވަނީ ހަމަޖެހިފައިކަމަށް ތަސްލީމާ ބުންޏެވެ.
އާއިލާގެ މާލީ ޙާލަތާއި ތަނަވަސްކަން ނެތުމުގެ ސަބަބުން މިއަދު މުސްތަފާއަށް މިވަނީ އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އާއިލާގެ ފަރާތުން އެދެނީ މުސްތަފާއަށް ހެޔޮދުޢާ ކޮށްދިނުމަށާއި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މުސްތަފާއަށް އެހީތެރިވުމަށް:
7706348610101 ( ތަސްލީމާ މުޙައްމަދު )
ފޯން: 7888324
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!