ސިލްސިލާ ވާހަކަ: ލޯބިވިޔަސް (10)
ކުރީގެ އަދަދާއި ގުޅޭ، އެ ވަގުތު ދާއިންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އޭނާއަށް އަރޫޝާ ދެކެ ލޯބި ވެވުނީތޯ ހިތާހިތާ ސުވާލު ކުރެވުނެވެ. ” މިހާރު އެނގިއްޖެޔޭ މަ ކައިރީ ނުބުނަންކަން ތި އުޅެނީ.” އާބިދު ބުންޏެވެ. އޭނާ ގޮނޑީގައި ލެނގިލުމަށްފަހު ދާއިންއަށް ބަލައިލިއެވެ. ” މި ފަހަކަށް އައިސް އަރޫއާ އަހަންނާ ވަރަށް ގިނައިން ވާހަކަ ދައްކަން.” ދާއިން ހެވިފައި ބުންޏެވެ. އާބިދުއަށް ދެ ބުމަ ހިއްލައިލެވުނީ ލާނެތް ހިނިތުންވުމަކާ އެކުއެވެ. ” […]