ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް ފުރުޞަތެއް ނެތް!
ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެކަން ހާމަކޮށް، ސަރުކާރުން މިއަދު ބަޔާނެއް ނެރެފިއެވެ. ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމާ ގުޅޭގޮތުން އާންމުކުރި ޚާއްޞަ ބަޔާނެއްގައެވެ. އެ ބަޔާނުގައި ސަރުކާރުން ބުނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި...