ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، ހދ.އަތޮޅުގެ ރަށްތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

Ad
rt

ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ބެލެހެއްޓުމާއި ހަވާވާލުވެ ހުންނެވި އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީއަށް މަސްދަޅު ފޮނުވާފައިވާ ކަމަށެވެ.

މަސްދަޅު ކޭސް ނުލިބި ހުރި ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ އިންތިޒާމް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ.

ރަމަޟާން މަހު ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ.