އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރެވޭ އިސްލާހު ބާތިލްކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް
އެމްޑީޕީގެ މެމްބަރުން ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން […]