Skip to main content
Topic Archive

#ފަސްޓްލޭޑީ ސާޖިދާ މުހައްމަދު

65 Stories filed
ފަސްޓް ލޭޑީ ސާޖިދާ، ކޭއާރުއެޗުގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފި
Thiladhunmathi News

ފަސްޓް ލޭޑީ ސާޖިދާ، ކޭއާރުއެޗުގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މެޑަމް ސާޖިދާ ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ކޭއާރުއެޗުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފައެވެ. އަދި އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ އާއި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދ...

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް ސަމިޓަށްފަހު މެޑަމް ސާޖިދާ ރާއްޖެ ވަޑައިގެންފި
Raajje

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް ސަމިޓަށްފަހު މެޑަމް ސާޖިދާ ރާއްޖެ ވަޑައިގެންފި

މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ. ޖޫން 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާއި، ކުޑަކުދިންގެ ޢަދުލު، އަދި ކާބޯތަކެތީގެ ރައްކާތެރި...

ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: ސާޖިދާ
Raajje

ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ: ސާޖިދާ

ހުރިހާ ހާލަތެއްގައިވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިގޮތުން އެކަމަނާ މިހެން ވިދާޅުވީ ބައިނަލްޢަގުވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅުވައިގެން މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. “އުފަލާއި ހިތާމައިގާ، ފަހިކަމާއި ދަތިކަމުގައިވެސް، ޢާއިލީ ގުޅުންތައް ދެމެހެއްޓުމަކީ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީ. ޢާއިލީ ލޯތްބަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް” މެޑަމް ސާ...

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ
Raajje

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުން: މެޑަމް ސާޖިދާ

ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުންކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިފަދައން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ފަސްޓްލޭޑީ ވިދާޅުވެފައި ވަނީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފި...

''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''
Raajje

''އަނިޔާ ލިބޭކުދިން ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ''

އެކިކަހަލަ ގޯނާ އާއި އަނިޔާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަގާފަތަށް ނިމުމެއް ގެންނަންޖެހިފައިވާކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން،...

ފަސްޓްލޭޑީ ސާޖިދާ ކުރައްވާ ދައުވާތަކުގެ ޝަރީއަތް ސިއްރުކުރަން ނިންމައިފި
Raajje

ފަސްޓްލޭޑީ ސާޖިދާ ކުރައްވާ ދައުވާތަކުގެ ޝަރީއަތް ސިއްރުކުރަން ނިންމައިފި

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރު ކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ. ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ […]

މަންދީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި
Raajje

މަންދީއާ ދެކޮޅަށް ރައީސްގެ އަނބިކަނބަލުން ކުރައްވާ ދައުވާގެ ޝަރީއަތް ފަށައިފި

އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ފެމިލީ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ. މަންދީގެ މައްޗަށް ސާޖިދާގެ ފަރާތްޕުޅުން ދައުވާކުރަނީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވެސް މަންދީގެ މައްޗަށް ފަސްޓްލޭޑީ ވަނީ […]

"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފަށައިފި
Raajje

"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފަށައިފި

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށް ކުރިއަށްގެންދާ “އަންހެންވެރިންގެ ސައްލާ” މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “އަންހެންވެރިންގެ ސައްލާ” އަކީ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ސިޓީތަކާ ބެހޭ ވުޒާރާއިން ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެކެވެ. މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އު...

އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ވެސް ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާކޮށްފި
Raajje

އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށް ވެސް ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާކޮށްފި

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ގުޅުވައިގެން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ދައުވާކޮށްފި އެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދުއާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާކޮށް, ފަސްޓްލޭޑީގ...

މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ
Raajje

މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ

މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިރޭ ތާޖުއްދީން ސުކޫލުގައި ބޭއްވި އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާ...

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރިކުރަށްވައިފި
Raajje

މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރިކުރަށްވައިފި

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ. މިކަމާއި ގުޅިގެން އެކަމަނާވަނީ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ. މި ޕޯސްޓްގައި މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އެކަމަނާ ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. މި ޕޯސްޓްގަައި އެކަމަނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކ...

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަނީ
Raajje

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި ދެއްކި ވާހަކަތަކާ ގުޅިގެން ދަޢުވާކުރަން ރައީސްގެ ޢާއިލާއިން ނިންމަވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ޢާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ނެރުއްވި ނޫސްބަޔާން އިއްވާފައެވެ. ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައީސްގެ ދަރ...

ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި
Raajje

ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހެދި ދިރާސާ، ”ހެޕިނެސް އިންޑެކްސް”، (އުފާވެރިކަމުގެ މިންގަނޑު) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މިކަމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޑެކްސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ހަވާލުކުރުމުން ރާއްޖ...

“ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއްކަމަށް”
Raajje

“ބްރޯޑްކާސްޓިންގެ ޚިދުމަތަކީ ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއްކަމަށް”

ރާއްޖޭގެ ބްރޯޑްކާސްޓިންގެ ޚިދުމަތަކީ، ޤައުމީ ބަދަހިކަމުގެ އަގުހުރި ޚާދިމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، “ވިޝަންސް އޮފް ދަ ފިއުޗަރ” ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިއްުޔެ ވާހަކަފުޅު ދައްކަވަމުންނެވެ. “ވިޝަންސް އޮފް ދަ ފިއުޗަރ” ކުރެހުމުގެ މުބާރާތަކީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާ...

ގޯލްޑް ކަޕްގައި ދިއްދޫ-މީދޫ ކުޅުނު މެޗު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި
Sports

ގޯލްޑް ކަޕްގައި ދިއްދޫ-މީދޫ ކުޅުނު މެޗު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި

ޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މުސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕް މުބާރާތުގައި  ހއ. ދިއްދޫ އާއި ދ. މީދޫ ރޭ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ދިއްދޫ އާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި 20 ވަނަ މިނިޓްގައި ދިއްދޫގެ ހުސެއިން ސިފާހު ވަނީ […]