ޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މުސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕް މުބާރާތުގައި ހއ. ދިއްދޫ އާއި ދ. މީދޫ ރޭ ބައްދަލުކުރި މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ދިއްދޫ އާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި 20 ވަނަ މިނިޓްގައި ދިއްދޫގެ ހުސެއިން ސިފާހު ވަނީ ގޯލެއް ޖަހާފައެވެ. އޭގެ ހަތަރު މިނިޓް ފަހުން، މީދޫ އަށް ވަނީ ލަނޑެއްޖަހައި އެއްވަރުކޮށްފައެވެ. އެ ލަނޑު މީދޫ އަށް ޖަހައިދިނީ ޒުވާން ގައުމީ ޓީމާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އިބްރާހިމް އިމްރާން (އިންމި) އެވެ.
ދެ ވަނަ ހާފުގައި މެޗުގެ 57 ވަނަ މިނިޓްގައި އިބްރާހިމް އިމްރާން (އިންމި) ވަނީ މީދޫ އަށް ލަނޑެއްޖަހައިދީ ލީޑް ނަގާފައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނިޓްގައި، ދިއްދޫގެ އާދަމް ނަސީހު ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ރޭގެ މެޗަށް ފަހު "މޭން އޮފް ދަ މެޗް" އަށް ހޮވުނު ކުޅުންތެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓްރޮފީ ޙަވާލުކޮށްދެއްވާފައެވެ.
"90 ޕްލަސް ގޯލްޑް ކަޕް 2024" ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ ހިންގާ ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށުނު މި މުބާރާތުގައި 17 ޓީމަކުން ވާދަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!