ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މެޑަމް ސާޖިދާ ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ކޭއާރުއެޗުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފައެވެ.
އަދި އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ އާއި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދުގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާއި ކޭއާރުއެޗުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން މެޑަމް ސާޖިދާގެ މި ދަތުރުފުޅުގައި ވަނީ ކޭއާރުއެޗަށް ޒިޔާރާތްކުރައްވައި މިއަދު ހުޅުވި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކާއި، އެންޑޮމެޓްރިއޯސިސް ކްލިނިކް އަދި ޓެލެމެޑިސިން ޚިދުމަތް ދިނުމަށް ކޭއާރުއެޗުގައި ހާއްސަ ކޮށްފައިވާ ސެންޓަރ ގެ ޙިދުމަތްތައް ބައްލަވާލައިފައެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި، އީއާރުގެ ޚިދުމަތްތަކާއި އިތުރު ސިއްޙީ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ކަންތައްތައްވެސް މެޑަމް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ މުވައްޒަފުންނާއި ހޮސްޕިޓަލަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވި ފަރާތްތަކުން ވަނީ ހަނދާނީ ފިލާ އާއި އެވޯޑު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!