ދަރިއަކަށް ކުރެވޭނެ އެންމެ އޯގާތެރި އެންމެ ހިތްގައިމު އިޙްސާސަކީ މަންމަގެ ފިރުމައިލުންކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މެސެޖުގައި ފަސްޓްލޭޑީ ވިދާޅުވެފައި ވަނީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން ކަމަށެވެ.
''އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވަން.'' މެޑަމް ސާޖިދާ ވިދާޅުވެފަވެއެވެ.
ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، އެންމެ ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުން.
އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް މި އުފާވެރި ދުވަހުގެ… pic.twitter.com/W8CP9v5biK
— First Lady Sajidha Mohamed (@sajidhaamohamed) May 11, 2025
މިއަދުގެ މުނާސަބާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައިވާގޮތުގައި މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯތްބެވެ.
ދުނިޔެ ދެކެމުންދާ ކުރިއެރުމުގެ ހަގީގީ ބަޠަލުންނަކީ މަންމައިން: ރައީސް
މަންމައިންގެ ދުވަސް ބައިނަލްއަގްވާމީ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ފާހަގަކުރަމުން އަންނައިރު، ބައެއް ޤައުމުތަކުގައި މި ދުވަސް ފާހަގަކުރާ ދުވަސް ތަފާތުވެއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ.
މަންމައިންގެ ދުވަހަކީ މަންމައިންނާއި މައިވަންތަ ފަރާތްތައް ފާހަގަކޮށް، އެމީހުން ކުރާ ހުރިހާ ކަމަކަށް ޝުކުރުވެރިވުމަށް އޮންނަ ދުވަހެކެވެ. މި ދުވަހަކީ މައިވަންތަ ފަރާތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށާއި މުޖުތަމަޢުގައި އެމީހުން ކުރާ މަސައްކަތަށް ޝުކުރުވެރިވުމަށް އެދޭ ދުވަހެއްވެސް މެއެވެ. މިދުވަސް ހުރިހާ ޤައުމެއްގައި ވެސް އަމާޒުކުރަނީ މަންމައިންނަށް ލޯބިވާކަމާއި ޝުކުރުވެރިކަން ދެއްކުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!