ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ
ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ދުވަހާ ގުޅިގެން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކަންކަން އެކި މީހުން ތަޖުރިބާކުރާ ގޮތް ތަފާތުކަމަށާއި އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. ޑައުން ސިންޑްރޯމް ހުންނަ...