Skip to main content
Topic Archive

#ފަތުރުވެރިކަން

197 Stories filed
130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި
Business

130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މާލޭގެ ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. މި […]

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި
Raajje

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެއީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ފުނަދޫ...

ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅަނީ
Raajje

ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުން އަންނަ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރ...

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ
Thiladhunmathi News

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ

ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނި...

އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރާނީ ފުލިދޫގައި
Business

އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރާނީ ފުލިދޫގައި

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައެވެ. އަލްމުދެންޔާ އޭނާގެ ފިރިމީހާއާއެކު ރާއްޖެއަށް ކުރި މި ފުރަތަމަ ޒިޔާރަތުގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫ “ދަ ޕާލް ސީވިއު” ގެސްޓް ހައުސްގައެވެ. ރާއްޖެ އަށް އެ...

ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ
Business

ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ...

ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް
Raajje

ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށްފަހު، މި މަހުގެ ތެރޭގައި އެ އަދަދު 2.6 އިންސައްތަ މައްޗަށް ޖެހިލާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރ...

ކަނޑުގެ ހޮހޮޅައިގެތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި
Raajje

ކަނޑުގެ ހޮހޮޅައިގެތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ނަގައިފި

ވ. އަތޮޅުގެ އަލިމަތާ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، ނުނެގި އޮތް ދެ މީހުންގެ ހަށިގަނޑު މިއަދު ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ. މިއާއެކު މި ހާދިސާގައި މަރުވި އެންމެން ހޯދުމުގެ މަސައްކަތް މިވަނީ ނިމުމަކަށް އައިސްފައިކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ ފުން ކޭވްއެއްގެ ތެރޭގައި ސޮފްޓް ކޮރަލް ނުވަތަ މަޑު މުރަކަ ދިރާސާ ކުރުމަށް […]

ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
Raajje

ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 18 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެ...

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން
Raajje

ޑައިވް ކުރަން އުޅެނިކޮށް މަރުވި ފަތުރުވެރިން ތެރޭގައި ދެމައިން

ވ. އަތޮޅު އަލިމަތާ ކައިރިއަށް ފީނަން ގޮސް އުޅުނު އިޓަލީގެ ފަސް ފަތުރުވެރިއަކު އިއްޔެ މަރުވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މައާއި ދަރިއަކު ވެސް ހިމެނޭކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފިއެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން މޫރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެއްޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީއެވެ. މި ފަތުރުވެރިންނަކީ “ޑޫކް އޮފް ޔޯކް”...

އަލަށް ތިން އެއާލައިނެއް ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
Business

އަލަށް ތިން އެއާލައިނެއް ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ކުރިއަށް އޮތް ފިނި މޫސުމުގެ ފަތުރުވެރިކަމުގެ ސީޒަނަށް އަމާޒުކޮށް، ދުނިޔޭގެ މަޝްހޫރު ތިން އެއާލައިނަކުން ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން އޭސް ޓްރެވަލްސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާޤު (އިނަރ މޯލްޑިވްސް ފިރާގް) ވިދާޅުވެއްޖެއެވެ. ފިރާޤު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަލަށް ދަތުރުތައް ފެށުމުގެ ފުރުސަތު ބޮޑު ތިން އެއާލައިނަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މި އެއާލައ...

އުދުހުންތައް މެދުކަނޑާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި
Raajje

އުދުހުންތައް މެދުކަނޑާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލި ބައެއް އެއަރލައިންތަކުން އަލުން ދަތުރުތައް ފަށާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ މުހިންމު އެއަރލައިންތައް ކަމަށްވާ އެމިރޭޓްސ...

ހަނގުރާމައިގެ އަސަރު ކުރޭ، ހާލަތު ބަދަލުކުރަން ފިޔަވަޅުތަކެއް އަޅަނީ
Raajje

ހަނގުރާމައިގެ އަސަރު ކުރޭ، ހާލަތު ބަދަލުކުރަން ފިޔަވަޅުތަކެއް އަޅަނީ

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް މި ހާލަތު ބަދަލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މެދުއިރުމައްޗަކީ ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދަކަށް ވީިއިރު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސ...

ދެ އަހަރު ތެރޭ 6535 ޓޫރިސްޓު އެނދު އިތުރުވި، މިއަހަރު 7 ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާ
Raajje

ދެ އަހަރު ތެރޭ 6535 ޓޫރިސްޓު އެނދު އިތުރުވި، މިއަހަރު 7 ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާ

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 އެނދު އިތުރުވެފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި އަލަށް އެއްވެސް ރިސޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހުޅުވިފައި ނުވި ނަމަވެސް، […]

ފަތުރުވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަސް ތެރޭ 10,213 ފަތުރުވެރިން
Raajje

ފަތުރުވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަސް ތެރޭ 10,213 ފަތުރުވެރިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1 ފެބްރުއަރީ 2026 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ އެއް ދުވަހުގެ އެންމެ ގިނަ ފަތުރުވެރިންގެ ރެކޯޑު މުގުރާލި ފަހަރުކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެ ކުރިން މި ރެކ...