ށ. ފީވަކުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ "އެކޮމޮޑޭޝަން ބްލޮކް" ތަރައްޤީކުރުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ވެލަރޯ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާާއެވެ.

Ad
rt

އެގޮތުން މި މަޝްރޫޢު ހަވާލުކުރުމަށް ފީވަކު ކައުންސިލުގެ ފަރާތުން އެއްބަސުވުމުގައި ސޮއި ކުރައްވާފައިވަނީ ކައުންސިލުގެ ރައީސް އަލީ ރަޝީދު ޙަސަނެވެ. އަދި ވެލަރޯ އިންވެސްޓްމަންޓުގެ ފަރާތުން ސޮއި ކޮށްފައިވަނީ ކުންފުނީގެެ ވެރި ފަރާތްކަމަށްވާ މުޙައްމަދު ސަމީރެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ 30 އޭޕްރީލް 2025 ވީ ބުދަ ދުވަހުއެވެ. އަދި 300 ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށްވެސް މި އެއްބަސްވުމުގައިވެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓަށް ހޭދަވާ ޖުމްލަ އަގަކީ 3،899،272.70 ރުފިޔާއެވެ.

މި ޕްރޮޖެކްޓް ހަވާލުކުރެވުނުއިރު، އެކޮމޮޑޭޝަން ބްލޮކް އެއްކޮށް ތަރައްޤީވެ ނިމުމުން އަދުގެ ޒަމާނީ ފެންވަރަށް ފެތޭނެގޮތަށް ފަރުމާކޮށްފައިވާ ކުރެހުމެއްވަނީ ހުށަހަޅާފައެވެ. އެ ކުރެހުމުގައި ދައްކާގޮތުން، މި އެކޮމޮޑޭޝަން ބްލޮކް އަކީ ހިތްފަސޭހަ މާހައުލެއްގައި ޖާގައިގެ ދަތިކަން ނުޖެހޭނެފަދަ މޮޅު ބްލޮކްއެކެވެ.