ބޮޑެތި ޕާޓީތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން، އާ ވިސްނުމަކަށް ދާންޖެހޭ: ފާރިޝް
މަޖިލީހުގެ މެންބަރުންނާއި ދައުލަތާއި ކައުންސިލްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމުމުން އެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން ފާޑު ވިދާޅުވެއްޖެއެވެ. އެކަމަށް ފާޑުވިދާޅުވެ، ކުރިން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފާރިސް ”އެކްސް”ގައި ލިޔުއްވާފައިވާ ގޮތުގައި މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެން ދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެނ...