މެންބަރުން ހަމަކޮށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހޯދަން ބޭނުމެއް ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން މިހެން ވިދާޅުވީ ކުލަބް ހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ފާރިސް ވިދާޅުވީ ގާނޫނުގައި އޮތް އަދަދު ހަމަވުުމުން ނިމުނީ ކަމަށާއި ދައުލަތުން ފައިސާ ހޯއްދަވަން ނޫޅުއްވާނެ ކަމަށެވެ.

އެމްއާރްއެމް އަކީ މައުމޫންގެ އާއިލީ ޕާޓީއެއް ކަމަށް ބުނާތީ އެކަމަށް ވެސް ފާރިސް ރައްދު ދެއްވިއެވެ. ފާރިސް ވިދާޅުވީ އެ އެ ސުވާލު އުފެދުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަަމަވެސް ވިދާޅުވީ އެމްއާރްއެމްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕާޓީގެ ދަފްތަރު ބައްލަވާލެއްވުމުން އެއީ ރަނގަޅު ހީއެއް ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީއަކީ އާއިލީ ޕާޓީއެއް ކަމަށް ފެތުރެމުންދާ އަޑުތަކަކީ ކިހާވަރެއްގެ ހަގީގަތެއްތޯ ބައިވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ އެ ޕާޓީގައި ނިސްބަތުން އާއިލީ ބޭފުޅުން މަދުވާނެ ކަމަށެވެ.

"ޕާޓީގައި ބޮޑު ޕަސެންޓަކީ ޒުވާނުން. އެއީ ސިޔާސީ މައިދާނަށް މުޅީން އާ ޒުވާނުން. ދެން ކުރީގައި ހިނގައިދިޔަ ކަމެއް އިއާދަކުރަން އުޅޭ ބައެއް ނޫން މިއީ" ފާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ އާއިލީ ވެރިކަމެއް އަލުން ކުރައްވަން މައުމޫން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ދޮގު ކުރައްވާފައެވެ.

ފާރިސް އިތުރަށް ވިދާޅުވީ ރައީސް މައުމޫނަކީ ގައުމު ދުށް އެންމެ ބޮޑު އެއް ހިދުމަތްތެރިޔާ ކަމަށާއި ސިޔާސީ މަަސައްކަތުގައި އުޅުއްވާއިރުު، އޭނާއަކީ މައުމޫންގެ ބޭފުޅަކަށް ވެވަޑައި ނުގެންނެވިނަމަ ވަރަށް ފަސޭހަވީސް ކަމަށް ބައެއް ފަހަރު ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ.