ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރެއްވުމަށް އަހްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.

އެކަން އިއުލާން ކުރެއްވުމަށް ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތީން ވޯޓު ލިބިފައި ނުވަނީ އެ ބޭފުޅުންގެ މެނިފެސްޓޯ އާއި ދޭތެރޭ ރައްޔިތުން އެންމެބޮޑަށް ހިތްހަމަނުޖެހޭތީ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެނިފެސްޓޯއަކީ ރައްޔިތުން ބަަލައިގަންނަ އެއްޗެއްކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި ނަމަވެސް އެ މެނިފެސްޓޯގައޮ ހިމެނިފައިވާ ގިނަ ކަންކަމަކީ ދެވަނު ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފުރިހަމަ ކުރެވިދާނެ ކަންތައްކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވެ، މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު 46 ޕަސެންޓް ވޯޓު ކާމިޔާބު ކުރެއްވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.

އެ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ.

އެ އިންތިހާބުން 5460 ވޯޓާއެކު ފަސް ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.