މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ޕާޓީގެ މެންބަރުން ބައި ބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވ.

Ad
rt

"މި ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަހްމަދު ފާރިސް މައުމޫނާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ޚަބަރެކެވެ." ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެ ޚަބަރަކީ އެ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، ޔާމީން ގެ ތާއީދު އޮތްކަމަށާއި، ދިވެހި އެންމެހާ ރައްޔިތުން މުޢިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން އެ ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގޮ ޚަބަރެއް ކަމަށެވެ.

މި ޚަބަރު ފެތުރުމުގެ އަޑީގައި މިހާރުގެ ރައީސް ސާލިހާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ޖެހިވަޑައިނުގަތް ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 4، ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިއްބެވުން އެ ކޯލިޝަނުން ވަނީ ގޮވައިލާފައެވެ.