ޔަމަންގެ ހޫތީން އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށްފި
ޔަމަނުގައި ވެރިކަން ކުރާ ހޫތީ ސަރުކާރުން އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށް، އެ ގައުމަށް ހަމަލާތަކެއް ދީފިއެވެ. ހޫތީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ ވީޑިއޯ މެސެޖެއް އާންމު ކުރައްވައި އިސްރާއީލްއާ ދެކޮޅަށް ހަނގުރާމަ ފެށިކަން އިއުލާންކޮށްފައެވެ. އަދި އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ފޮނުވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިސްރާއީލަށް ހަމަލާ...