އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށެވެ.
ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
މަރުވެފައި ވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެއީ އުމުރުން 46 އަހަރުގެ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!