މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 5 ދިވެހި ފިރިހެނުން ހައްޔަރުކޮށް، 4 ކިލޯއަށް ވުރެ ގިނަ ހެރޮއިން ހޯދަައިފިއެވެ.

އެކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓުގައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް، 4 މާޗު ގައި މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. އަދި މާލޭގެ 10 ތަނެއް ބަލާފާސްކޮށް، 5 ދިވެހި ފިރުހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށް ސީޕީ ވިދާޅުވެފަވެއެވެ.

ސީޕީ ހަމީދު ކުރައްވާފައިވާ ޓްވީޓުގައިވާ ފޮޓޯތަކުން ފެންނަގޮތުގައި އަތުލައިގަތް ހެރޮއިން ފޮރުވާފައި ހުރީ ދޮންނަ މެޝިނެއްގެ ތެރޭގައެވެ.

މަސްތުވާތަކެތި ހޯދުމަށާއި އެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ބަލައި، ގިނަ ތަންތަން ބަލައި ފާސްކުރަމުން އަންނައިރު، ގިނަ ބަޔަކު ހައްޔަރުވެސް ކުރެއެވެ.