ހުޅުމާލޭ 'ޖޫސް ޓައިމް' ކެފޭއަށް ވަދެގަދަ އެތަނަށް ގެއްލުންދިން މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ފެބްރުއަރީ 17 ވަނަ ދުވަހުގެ ހުޅުމާލޭ 'ޖޫސް ޓައިމް' ކެފޭއަށް ބަޔަކު ވަދެ އެތަނަށް ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

Ad
rt

މި އެޕާޓްމަންޓް ބަލާފާސްކުރުމުގެ ތެރޭގައި އެތަނުގެ އެތެރެއިން މަސްތުވާތަކެއްޗާއި، މާރާމާރީ ގިންގަން ބޭނުންކުރާ ބައެއް އާލާތް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

''މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި. މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ، މި އެންމެންނަކީވެސް ދިވެހިން،'' ފުލުހުން ވިދާޅުވެފަވެއެވެ.

ފުހުން ވިދާޅުވިގޮތުގައި މިމައްސަލަ އެ އިދާރާއިން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

މި ހާދިސާއާއިގުޅޭ ވީޑިއޯތަކެއް މީގެކުރީން ލީކުވެފައިވާއިރު، ފެބްރުއަރީ 17 ވަނަ ދުވަހުގެ ދެ މީހަކު ސައިކަލްގައި ގޮސް، އެ ސައިކަލް ކެފޭ ކުރިމަތީގައި ޕާކް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެއަށްފަހު އެ ކެފޭއަށް ހަމަލާދީ، ބިއްލޫރި ދޮރުތައް ތަޅާލައި އެތަނުގެ އެތެރެއަށް ވަދެއެވެ. އަދި އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ވަތްގަނޑުގައި ހުރި ފައިސާ ލޫޓުވާލުމަށް ފަހު ފިލާ މަންޒަރު އެ އޯޑިއޯތަކުން ފެނެއެވެ.