ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން
ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި...