ވިހެއުމަށްފަހު ކޮތަޅަކަށް ލައި ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އިއްޔެ ފެނިފައި ވަނީ އދ. ދިގުރަށު ކުނި ގޮނޑުންނެވެ.
އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ސްރީލަންކާގެ އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައެވެ.
އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:20 ހާއިރު ކަމަށް އެ އިދާރާއިން އިއްޔެ ބުންޏެވެ. އެ މައުލޫމާތާއެކު ދިގުރަށުގައި ފުލުހުން ހަރަކާތްތެރިވާން ފެށިއިރު، މައްސަލައިގެ ތުހުމަތުގައި ލަންކާ އަންހެންމީހާ ހައްޔަރުކުރީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައި ހަވީރުގެ ވަގުތެއްގައެވެ.
އެ އަންހެން މީހާއަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެއްކަމަށް މައުލޫމާތުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!