މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ
Raajje

ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ

ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ސަލާމަތީބާރުތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނެ މައްސަލަ އެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީރު ލިބުނު މި ރިޕޯޓާއި ގުޅިގެން އެކަމަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ‘’ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން’’ ފުލުހުން ބުނެފަވެއެވެ....

ފުލުހުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައި
Raajje

ފުލުހުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައި

ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިއެވެ. ފުލުހުން ބުނިގޮތުގައި މިއީ، ސްކޫލު ބަންދާއި، އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ. މެރިން ޕޮލިހުގެ މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ މި ހަރަކ...

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު
Raajje

ބްރިޖުގެ ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދު

ސިނަމާލެ ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި މިރޭ ދެ ގަޑިއިރަށް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ބްރިޖުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅި ބަންދު ކުރަނީ މަސައްކަތެއް ކުރުމަށެވެ. މިގޮތުން މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް އެފަޅި ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް ދަތުރުކުރާ ފަޅި ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ. ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖ...

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި
Raajje

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ. ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުނ...

ކާރެއް ހުއްޓުވައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކާރެއް ހުއްޓުވައި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ، ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނާއި އެއާޕޯޓު ޕޮލިސް ގުޅިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ކާރު ހުއްޓުވީ، ހުޅުމާލެ ފޭސް 1 ރީތިގަސްމަގުން ކަމަށް ފުލުހުން ބުނެއެވެ. އެ ކާރު ހުއްޓުވައި […]

އެއްލައިލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ގެނެސްފި
Raajje

އެއްލައިލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ގެނެސްފި

އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ. ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު ވަނީ މިމަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން […]

އަންހެނަކު ގެނބެނިކޮށް ސަލާމަތްކޮށް ފަރުވާދެނީ
Raajje

އަންހެނަކު ގެނބެނިކޮށް ސަލާމަތްކޮށް ފަރުވާދެނީ

ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުން ދަނިކޮށް ސަލާމަތްކޮށް ފަރުވާދެމުން އެބަދެއެވެ. ފުލުހުން މިއަދު ބުނީ ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާ މޫދުގައި އަންހެނަކު ގެނބެމުންދާ ކަމަށް ރޭ 00:31 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ. އެއީ އުމުރުން 32 އަހަރުގެ އަންހެނެކެވެ. ”އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އައިޖީއެމްއެޗަށް...

ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
Parliament

ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އެކަން ހާމަކޮށް މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާޢުއަށް މަރުގެ އިންޒާރު ދިނުން އެ އިދާރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މީސް މީޑިއާގައި މެންބަރު ޝިފާޢު އަށް ދިން މަރުގެ އިންޒާރާއި ގުޅިގެން އެ މައްސަލައ ބަލައިދީ، ތަހުގީގު ހިންގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް...

މަންމަ އަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަށް ފަރުވާދެނީ
Raajje

މަންމަ އަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަށް ފަރުވާދެނީ

ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާ އަށް މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ އިރާކޮޅެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ދަރިފުޅު ތޫނުއެެއްޗަކުން މަންމައަށް ހަމަލާދިނުމުން މަންމައަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލާއި ހަވާލާދީ އުމުރުން 51 އަހަރުގެ މަންމަގެ ހާލު ސީރިއަސްކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ. މި މައ...

މަންމައަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލިމީހެއް: ފުލުހުން
Raajje

މަންމައަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލިމީހެއް: ފުލުހުން

ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފައިވާއިރު، އެ ޢަމަލު ހިންގިކަމަށް ތުހުމަތުވާ މީހާއަކީ ނަފުސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހާ ޑަކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ މިރޭ އިރާކޮޅު ބުނެފައެވެ. މި ހާދިސާގައި އަނިޔާވި […...

ދަރިއަކު މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

ދަރިއަކު މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލޭގައި ދަރިއަކު އޭނާގެ މަންމަ އަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދިން މައްސަަލައެއް މިރޭ 18:50 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެއީ 51 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏ...

5.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
Raajje

5.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ރާއްޖޭގައި ހިންގި އޮޕަރޭޝަންތަކެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައި...

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި، 26 އަހަރާއި އަދި 27 އަހަރުގެ މީހެކެވެ. މި މީހުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން އުމުރުން 25 […]

ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް
Raajje

ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ފުލުހުންނަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ އިދާރާ އިން އިއްޔެ ހާމަކޮށްފިއެވެ. ފުލުހުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އެންމެ ގިނަ އިން ފުލުހުންނަށް ހުށަހެޅިފައިވަނީ ވައްކަމުގެ 1،012 މައްސަލައެވެ. ދެވަނަ އަށް އެންމެ ގިނަ އިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެވެ. އެއީ 606 މައްސަލައެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން […]

މުދަލަށް ގެއްލުން ދިން މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
Raajje

މުދަލަށް ގެއްލުން ދިން މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަންމ ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެމީހާ އެ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯ ”އެކްސް”ގައި ހިއްސާކޮށް ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތު އަންގައިދޭން އެދޭ ކަމަށެވެ. އެ ވީޑިއޯ އިން ފެންނަނީ މީހަކު ގާތަކެއް ހިފައިގެން ގެއެއްގެ ގޯތި ތެރޭގައި ވެހިކަލްތަކެއް ލައި، ހިޔާކޮށްފައިވާ ތަނަކަށް ވަންނަ މަންޒަރެވެ. އެތަނުން ކާރަކާއި ބައެއް ސައިކަލް ތައް ވެސް […]