އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ މާރާމާރީއަކާއިގުޅިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން އިއްޔެ މެންދުރުފަހު ވަނީ ހާމަކޮށްފައެވެ.

Ad
rt

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 30 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމްވެފައިވާ ކަމަށާއި، މީހާގެ ހާލު ސީރިއަސް ކަމަށް އްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ހަވާލާާދީ ފުލުހުން ބުނެފަވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކުރިކަން ހާމަކުރައްވައި މިއަދު ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހަކާއި، 20 އަހަރު އަދި 23 އަހަރުގެ މީހެއް ކަމަށެވެ.

މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.