ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ad
rt

ހިޔާ އެޗް6 ގެ އެޕާޓްމަންޓެއްގައި ހިނގި މި މާރާމާރީގައި ވަނީ 22 އަހަރުގެ ދިވެއްސަކަށް އަނިޔާވެފައެވެ. އޭނާ އަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

''އޭނާ އަށް ހަމަލާދީފައި ވަނީ ޢާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ'' ފުލުހުން ބުނެފަވެއެވެ.

ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހިޔާ ފްލެޓެއްގައި މީހަކަށް ހަމަލާދީގެން ސީންގައި ފުލުހުން ހަރަކާތްތެރިވާންފެށީ ރޭ 10 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.