ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ބޮޑު ސްކްރީން ހަރުކޮށްގެން ފުޓްބޯޅަ މެޗުތައް ބެލުމުގެ ފުރުޞަތު ނުދޭނަން: ފުލުހުން
ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ކުޅިވަރު މުބާރާތްތައް ބެލުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފި އެވެ. މިރޭ 00:00 ގައި “ޔޫރޯ2020” ފެށުމަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ފުލުހުން ކުރި ޓުވިޓެއްގައި ބުނެފައިވަނީ، ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ، ކޮވިޑް 19 ގެ ސަބަބުން...