މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ނަޝީދަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
Raajje

ނަޝީދަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މީސް މީޑީއާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ” ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައި ވަނީ ރ. މީދޫ އިން ” ފުލުހުން ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމަށް [...

ށ. އަތޮޅުގެ 3 ރަށެއްގައި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
Thiladhunmathi News

ށ. އަތޮޅުގެ 3 ރަށެއްގައި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ށ. އަތޮޅުގެ 3 ރަށެއްގައި މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ. މި ޕްރޮގްރާމަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީވެ ވިޔަވާރިވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ފާއިތުވި ހަފްތާގައި ށ. ފުނަދޫ، ށ. ކަނޑިތީމު އަދި ށ. ފޯކައިދޫ ގައި އެ ރަށްތަކުގެ ފުލުހުން ހިންގި މި ޕްރޮގްރާމުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ވަ...

މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި
Raajje

މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާޣެ ކުރިމަތީގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އާ އެކު އެވަގުތު އިތުރު މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހާ ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ. ބަންދުގައި ބަހައްޓާފައި ވަނީ އަތުގައި ބޮން އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ […]

ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި
Raajje

ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި

މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި އެވެ. ފުލުހުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން، އޮޅުވައިލާއިގެން މަކަރާއި ހީލަތުން ކޮށްފައިވާ މި ވިޔަފާރީގަ ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކުރެވިފާ ވާކަމަށެވެ. މަކަރާއި ހީލަތުން ފޭކް ސްލިޕެއް ފޮނުވައިގެން އެ މީހާ ވިޔަފާރި ކޮށްފައި ވަނީ، މާލޭގައި ހިންގާ ޑައިވް ޝޮޕަކުންނެވެ. އެތަނުން ޑައިވް ކޮމްޕްރެޝަރަކާއި […]

ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ
Raajje

ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދން ފުލުހުން އިޢުލާންކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާކަމަށެވެ. ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ، މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) (އައިޑީ ކާޑު ނަންބަރު: A290151) އެވެ. ފުލުހުން ބުނެފައިވަނީ މުޙައްމަދު...

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފި
Raajje

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފި

ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފި އެވެ. ފުލުހުން ވިދާޅުވީ، ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެގަ އެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަ...

ކާރެއް، އައިޖީއެމްއެޗް ކެންޓީން ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފި
Raajje

ކާރެއް، އައިޖީއެމްއެޗް ކެންޓީން ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފި

ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރެއް، އައިޖީއެމް ހޮސްޕިޓަލް ކައިރިން ރުކެއްގައިޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 09:50 ހާއިރުކަމަށެވެ. މި އެކްސިޑެންޓް ހިނގީ ރަސްފަންނު ކައިރިން ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އެ މަގަށްވާހެން އައިޖީއެމްއެޗް ކައިރީ ހުންނަ ރުއްތަކުން ރުކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެ އެކްސިޑެނ...

މަކަރާއި ހީލަތުން 60 ހާސް ރުފިޔާ އަތުލިކަމުގެ ތުހުމަތުވާ މީހަކު ހޯދަނީ
News

މަކަރާއި ހީލަތުން 60 ހާސް ރުފިޔާ އަތުލިކަމުގެ ތުހުމަތުވާ މީހަކު ހޯދަނީ

ފޯނުން ގުޅައިގެން އޮޅުވާލައި، މަކަރާއި ހީލަތް ހަދައިގެން 60 ހާހަށްވުރެ ގިނަ ރުފިޔާ އަތުލިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި މައްސަލާގެ ތުހުމަތުގައި ހޯދަން ޢިއުލާން ކޮށްފައި ވަނީ ހއ. ބާރަށް، ކޭސީވިލާ، އުމުރުން 36 އަހަރުގެ އިބްރާހީމް ރަޝީދު އެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް އިބްރާހީމް ރަޝީދު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު...

ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

ޒުވާނަކު ގެއްލިގެން ހޯދަނީ

މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ. ފުލުހުން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެން...

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ
Raajje

މެއި 6 ހަމަލާ: މައުލޫމާތު ހާމަކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ

މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ފުލުހުން ވިދާޅުވީ، މި ބައްދަލުވުން ފެށޭނީ މިރޭ 20:40 ގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟާއި އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސަމީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސް މުޙައްމަދު ނަޝީދަށް […...

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި
Thiladhunmathi News

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު މިއަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ. އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ އިދާރީ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. […]

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ
Raajje

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން އެ އިދާރާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސްބިން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. “މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވޭ” ފުލުހުން މީޑ...

ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، 14 އަހަރުގެ ކުއްޖަކަށް ހަމަލާދީފި
Raajje

ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، 14 އަހަރުގެ ކުއްޖަކަށް ހަމަލާދީފި

މާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، 14 އަހަރުގެ ފިރިހެން ކުއްޖަކަށް ހަމަލާދީފި ފުލުހުން ވިދާޅުވީ މަޖީދީ މަގު، މާވެއޮ މަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، އެ ކާރުގައި އިން ކުއްޖެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައްސަލައެެއް މިރޭ 18:38 ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީ ގައި އަނިޔާވި ކުއްޖާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އަދި މި ކުއްޖާއަށް އަންނަނީ އޭޑީކޭ ގައި ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. [...

176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި
Raajje

176.55 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި

ތަފާތު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން، 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި މިތަކެތި ނައްތާލެވިފައިވަނީ ދޫނިދޫގައި ކަމަށެވެ. އެގޮތުން މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރާއި މިއަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް މީގެ 15 ވަރަކަށް އަހަރު ކުރިން ގެނެވިފައިވާ ތަކެއްޗެވެ. އެގޮތުން، މިއަދު ވަނީ 2006 ވަނަ އ...

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...