ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު މިއަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ.

Ad
rt

އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ އިދާރީ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

"މިސްބާހް މުހައްމަދު ޕާކިސްތާނަށް ދިއުމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި މިދަނީ ބަލަމުން" ފުލުހުން ވިދާޅުވެފަވެއެވެ.

https://thiladhun.wonstasite.com/63213

މިސްބާޙް ގެއްލިގެން ހޯދަން ޢިއުލާން ކުރަމުން އޭނާ ފުރާފައިވަނީ ދުބާއީކަމަށް މިދިޔަ މޭމަހުގެ 22 ވަނަ ދުވަހު ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ފުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވެފަވެއެވެ.

މިސްބާޙަކީ މަސްތުވާ ތަކެތީ ވަބާގައި ޖެހިފައިވާ ޒުވާނެއްކަމަށް އޭނާ ދަންނަ ނޮޅިވަރަންފަރު ބައެއް މީހުން ނަން ނުޖެހުމެއް ޝަރުޠުކޮށް މިނޫހަށް މައުލޫމާތު ދީފަވެއެވެ. އެމީހުން ކިޔައިދިން ގޮތުގައި އޭނާ ރާއްޖޭން ބޭރަށް ފުރިނަމަ ފުރާފައިވާނީ ވެސް ކޮންމެސް ބަޔަކު އެކަމުގެ އަޑީގައި ތިބެގެން އޭނާ މެދުވެރިކޮށް ކަމެއް ހާސިލް ކުރުމުގެ ބޭނުމުގައެވެ.

މިދިޔަ ޖޫން 2 ވަނަ ދުވަހު ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިސްބާހް ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމަށެވެ.

https://thiladhun.wonstasite.com/64498

ނަމަވެސް މިސްބާޙް މީސް މީޑިއާ މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި އޭނާ ހުރީ އެއްވެސް ބައެއްގެ އަތްދަށުގައި ނޫންކަމަށް ވަނީ ބުނެފައެވެ.

މިސްބާޙްގެ ޚަބަރެއް ނުވާތީ، ޢާއިލާއިން ފުލުހަށް އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.