މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަޙްމަދު ނައުފަލްގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފާވާ ކަމަށް ފުލުހުން ވިދާޅުވީ، އޭނާގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށެވެ.
އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!