ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދން ފުލުހުން އިޢުލާންކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާކަމަށެވެ.

Ad
rt

ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ، މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31އ) (އައިޑީ ކާޑު ނަންބަރު: A290151) އެވެ.

ފުލުހުން ބުނެފައިވަނީ މުޙައްމަދު އުނައިސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

މުޙައްމަދު އުނައިސް ހާޒިރުވާން އަންގާފައިވަނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ މިހާރު އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 ސެޕްޓެމްބަރު 05 ވަނަ ދުވަހުގެ ކުރިންނެވެ.

މުޙައްމަދު އުނައިސް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިފައިވެއެވެ.