މާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، 14 އަހަރުގެ ފިރިހެން ކުއްޖަކަށް ހަމަލާދީފި
ފުލުހުން ވިދާޅުވީ މަޖީދީ މަގު، މާވެއޮ މަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، އެ ކާރުގައި އިން ކުއްޖެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައްސަލައެެއް މިރޭ 18:38 ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާރާމާރީ ގައި އަނިޔާވި ކުއްޖާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އަދި މި ކުއްޖާއަށް އަންނަނީ އޭޑީކޭ ގައި ފަރުވާދެމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާއާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވާކަމަށާއި މި މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރެވެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ހަމަލާދީ މާރާމާރީތައް އަންނަނީ ގިނަވަމުންނެވެ.
އެގޮތުން، މިއަހަރުގެ ޖޫން މަހު ވަނީ 13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާވެރިކޮށް މަރާލާ ފޮއްޓަކަށްލާ، އެއްލާލާފައި އޮއްވާ ހުޅުމާލެ ފޭސް 2 ގެ މޫދު ސަރަހައްދުން ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!