ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި މިހައިތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފި އެވެ.
އެ އިދާރާއިން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވާ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ ސަލާމަތީ ބާރުތައް ގުޅިގެން މިހާރު ފަށާފައިވާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިގޮތުން އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު މިހައިތަނަށް ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށެވެ.
މި އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންނާއި އެމްއެންޑީއެފް އިން މި އޮޕަރޭޝަން ފަށާފައިވަނީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!